އަންނަ އަހަރުގެ ވިމެން އޮން ބޯޑް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ވަޒީފާގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެން ފަރާތްތަަކަށް ދޭ ޚާއްސަ އެވޯޑެއްކަމުގައިވާ ވިމެން އޮން ބޯޑްގެ އަންނަ އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އެ އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ އިތުރު މައުލޫމާތު ވިމެން އޮން ބޯޑްގެ ހޮޓްލައިން ކަމުގައިވާ 7916621 ލިބޭނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ. މިއީ މި އެވޯޑް ބާއްވާ ހަތަރު ވަނަ އަހަރެވެ.
ވިމެންެ އޮން ބޯޑަކީ 2015ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓަރކޮށްގެން ހިންގަމުންދާ ޖަމްއިއްޔާއެކެވެ. 200އަށްވުރެ ގިނަ މެންބަރުން ހިމެނޭ މި ޖަމްއިއްޔާގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ބާރުވެރިކަމަށް މަސައްކަތް ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް