ދިއްފުށީގައި ސްނޯކްލިން އަށް ދިޔަ ޒުވާނަކަށް މިޔަރެއް ހަމަލާދީފި
ކ.ދިއްފުށީގައި ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނަކަށް މިޔަރެއް ހަމަލާދީފިއެވެ.
ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު މެންދުރު 1 ހާއިރު ކަމަށެވެ.
އުމުރުން ގާތްގަނޑަކަށް 30-25 އާއި ދެމެދުގެ ޒުވާނާއަށް މިޔަރު ދިން ހަމަލާގައި އޭނާގެ އަތުގައި ދަތްއަޅާފައިވާ ކަމަށް ސުނިލް ވިދާޅުވިއެވެ.
މިއަދު ގެ 15:00 ހާއިރު އިތުރު ފަރުވާއަށް މާލެއަށް އޭނާ ގެނެސްފައިވާއިރު، އޭނާ އަށް ފަރުވާދެމުންދަނީ އޭޑީކޭގައެވެ.
މިކަމާއި ގުޅޭގޮތުން އަދި ފުލުހުންގެ ރަސްމީ ބަހެއް ނުލިބެއެވެ.
ދާދި ފަހުން، އެމްއެންޑީއެފްއިން ލ. ކައްދޫގައި ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން ސިފައިންގެ އޮފިސަރަކަށް މިޔަރެއް ދިން ހަމަލާއެއްގައި، ހާލުދެރަވެ ނިޔާވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް