ޖަޒީރާ ރާއްޖެއަށް ދެވޭނީ އިންޓަނެޓުގެ އަގުހެޔޮ ކޮށްގެން: ރައީސް ސޯލިހު
އިންޓަނެޓްގެ އަގު ތިރިކޮށްގެން ނޫނީ ދިވެހިން ދާން ބޭނުންވާ ޖަޒީރާ ރާއްޖެއަށް ނުދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އުރީދޫ އިން ރާއްޖެއަށް އަލަށް ތައާރަފްކުރި އީ ކޮމާސް ޕްލެޓްފޯމް "މޫލީ" ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ހަގީގީ މަންފާއެއް ނުލިބޭނެ ކަމަށެވވެ. އެމަނިކުފާނު ވިދާޅުވީ އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ އަކީ އޭގެ ޒާތުގައި ވެސް އަސާސީ ހިދުމމަތެއް ކަމަށެވެ. އަދި އިންޓަނެޓްގެ އަގުތައް އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، ދާން ބޭނުންވާ ޑިޖިޓަލް ޖަޒިރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޑިޖިޓަލް ޓެކްނޮލޮޖީކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މުވާސަލާތީ ކަންކަމަށްފަހުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ އިންސާނުން ބިނާކުރުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށް އެކަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް