އެމްޑީޕީގެ ކެންޑިޑެސީ ފޯމްތައް މިހަފްތާގައި ހުށައަޅަނީ
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ފޯމްތައް މިހަފްތާގެ ތެރޭގައި އީސީއަށް ހުށައަޅާނެކަމަށް އެޕާޓީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޖެންޑާ19 ގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައް ކޯޓް ކްލިއަރެންސަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެ މަސައްކަތް 3 ވަރަކަށް ދުވަހުގެތެރޭގައި ނިމޭނެ ކަމަށެވެ.
އަފްޝަން އިތުރަށް ވިދާޅުވީ ކެނޑިޑެސީ ފޯމް އީސީ އަށް ހުށަހަޅާނީ ވަރަށް ކުލަ ގަދަ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އަދި މީގެ އިތުރުން މި ހަފްތާ ބުރާސްފަތި ދުވަހު ޕޯސްޓަރ ހަރުކުރުމުގެ އިވެންޓެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަފްޝަން ވަނީ ވޯޓާސް ލިސްޓްގައި މައްސަލައެއް އުޅޭނަމަ އެ މައްސަލަ ވީހާވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް