ސަސްޕެންޝަން ގައި ހަ މަސް، ފެން ކުންފުނިން ފަޒީލް ވަކިކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު, އެ މަގާމުން ވަކިކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ކުރިޔަށް ގެންދާ ޖިނާއީ ތަހުގީގަކަށް ފަޒީލް ސަސްޕެންޑް ކުރީ މީގެ ހަ މަސް ދުވަސް ކުރީން 19 ޑިސެމްބަރ 2024 ގައެވެ.
ފެން ކުންފުނި -- އެމްޑަބްލިއުއެސްސީ އިން މިއަދު ބުނީ ސަސްޕެންޑް ކޮށްފައިވާ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މާދަމާ އިން ފެށިގެން އެ މަގާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅި ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި ބުނީ ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަގާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމުގައި ބޯޑުން ދެކޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް