ބޮޑު ދުވަހު ރައީސް ޔާމީންގެ ތަފާތު ޕޯސްޓެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މާނަފުން ޕޯސްޓެއް ކުރައްވައިފި އެވެ.
އެކްސްގައި ވަރަށް މަދުން ޕޯސްޓްކުރައްވާ ރައީސް ޔާމީން ދިވެހި ބަހުން ކުރެއްވި ޕޯސްޓްގައި ވަނީ މިއަދު ގައުމު މި އޮތް ހާލަތަކީ ގައުމު ތިމާއަށް ކޮށްދޭނެ ކަމެއް ނުބަލައި، ތިމާ ގައުމަށް ކޮށްދެނީ ކޮން ކަމެއްތޯ ބަލަންވީ ދުވަސް ނޫންތޯ ސުވާލު ކުރައްވާފަ އެވެ.
މި ޕޯސްޓްގައި ގައުމުގެ ނަން ހިމަނާފައިވާ ތިން މަގާމުގައި ވެސް ދިވެހި ގައުމީ ދިދަ ހިމަނުއްވާފައިވެ އެވެ.
ޔާމީންގެ މިފަދަ ޕޯސްޓެއް މި އައީ ކޮންގްރެސް އިން މިރޭ ބިޔަ ޖަލްސާއެއް ބާއްވަން ތައްޔާރުވެފައި ވަނިކޮށެވެ. މިރޭގެ ޖަލްސާއަކީ މިހާތަނަަށް ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތަށް ވާނެ ކަމަށް ބެލެވެ އެވެ.
މިރޭގެ ޖަލްސާއަށް އަތޮޅުތަކުން ވެސް އެތައްހާސް ބަޔަކު މާލެ އަރާފައިވެ އެވެ.
މިރޭގެ ޖަލްސާ އޮންނަނީ އާޓިފިޝަލް ބީޗްގައި ނަމަވެސް ބޮޑުތަކުރުފާނުގެ ބޮޑު ބަޔަކަށް ޖަލްސާގެ ބައިވެރީން ފެތުރޭނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް