ވަވަތިން ފެނުނު ސޯމާލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އައި ބައެއް: ފުލުހުން
ނ.ވަވަތިން އިއްޔެ ޑިންގީ އަކާއި އެކު ފެނުނު ސޯމާލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެމީހުން ހޮޅުދޫއަށް ގެންގޮސް، އެރަށުގެ ކައުންސިލްގެ އެހީތެރިކަމާއިއެކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ފަޅުރަށެއްކަމުގައިވާ ވަވައްޗަށް ސޯމާލިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ތިބި ޑިންގީއެއް ލައްވީ އިއްޔެއެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް، އެ ތިން މީހުންގެ ފޮޓޯ އާއި އެމީހުން ދަތުރުކުރި ޑިންގީ ގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް