N/A
N/A
ހަބަރު 17 Nov 2019 | 11:35

ބަޔަކު ރުއްސަން ރިޕޯޓެއް ނެރުން އިރު ގިޔާމަތް ދުވަހުން ދޭނެ ޖަވާބަކާ މެދު ވިސްނާލިންތޯ: ޑރ. އިޔާޒު

ބަޔަކު ރުއްސަން ފާޑެއްގެ ރިޕޯޓެއް ނެރުނު އިރު ގިޔާމަތް ދުވަހުން ﷲ ގެ ހަޒުރަތުގައި ދޭނެ ޖަވާބަކާއި މެދު ވިސްނާލިންތޯ އައްޝައިހު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ސުވާލު އުފައްދަވައިފިއެވެ.

އިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓު، ރިޔާސީ ކޮމިޝަނުން ތަހުގީގުކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަރުވާފައި ވަނިކޮށެވެ. ލީކުވެފައިވާ އެ ރިޕޯޓުގައިވާ ގޮތުން ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ހައްދު ފަހަނައެޅި ދީނީ ޖަމާއަތަކުންނެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އަފްރާޝީމުގެ މަރު ތަހުގީގު ކުރުމަށްފަހު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރައީސް އަށް ރިޕޯޓު ފޮނުވުމުން، އެމަނިކުފާނު ވަނީ އެރިޕޯޓު ކަމާގުޅޭ މުއައްސަސާތަކަށް ފޮނުއްވައިފައެވެ.

އިޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، ދައުލަތުގެ ބައިތުލްމާލުން ބޮޑު މުސާރަދީފައި، ތިމާއާއި ބޮޑު މަސައްކަތެއް ހަވާލުކުރުމުން، ހަވާނަފުސަށް ހެއްލި، ބަޔަކު ރުއްސުމަށް ފާޑެއްގެ ރިޕޯޓެއް ނެރުނީމައި މާދަމާ (ގިޔާމަތް ދުވަހު) ﷲ ގެ ހަޒުރަތުގައި ދޭނެ ޖަވާބަކީ ކޮބައިކަމާ މެދު އެންމެ ފަހަރަކުވެސް ވިސްނެވިންތޯ ސުވާލު ކުރައްވައިފައެވެ.

އިޔާޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ މިއަދުގެ ހާލަތަކީ ވެރިން ނުބައިކަންތައް ކުރީމައި، އެކަމުގެ ޒިންމާ ކަމާ ނުގުޅޭ ބައެއްގެ ބޮލުގައި އަޅުވާފައި ވެރިން އެކަމުން ރެކިގެން ތިބުން ކަމަށެވެ.

ނަމަވެސް އަބަދު އެގޮތަށް ނޫޅެވޭނެ ކަމަށާއި އެފަދަ ވެރިން ހަނދާނުގައި ބަހައްޓަންވާނެ ކަމަށް އިޔާޒު ވިދާޅުވިއެވެ.

2012 ވަނަ އަހަރު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެރޭ އަވަހާރަކޮށްލި، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ތަހުގީގު ކުރިއެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުގައިވެސް އެމައްސަލަ ތަހުގީގު ކުރިއެވެ. އެމައްސަލައިގައި ބަޔަކު މީހުންގެ މައްޗަށް ދައުވާވެސް ކުރިއެވެ. ނަމަވެސް ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން އެ މީހުން ވަނީ ދޫވެފައެވެ. އެމައްސަލައިގައި ކުށް ސާބިތުވީ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދުގެ މައްޗަށެވެ. ހުމަމު އަދިވެސް ހުރީ ޖަލު ބަންދުގައެވެ.

އެނގިފައިވާ ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓުގައި އަފްރާޝީމު އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވަނީ، އެމަރާ ގުޅިގެން ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި އެދައުވާގައި ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...