ރެހެންދި އެވޯޑަށް މިފަހަރު ފިރިހެނުންނަށްވެސް ކުރިމަތިލެވޭ!
އަންްހެނުން ބާރުވެރިކުރުވާ އަދި އެކަނބަލުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ދެމުންގެންދާ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިފަހަރު ފިރިހެނުންނަށްވެސް ހުޅުވާލައިފިއެވެ.
ކުރިން މި އެވޯޑަކީ ހަަމައެކަނި އަންހެން ކަނބަލުންނަށް ކުރިމަތިލެވޭގޮތަށް އިންނަ އެވޯޑެކެވެ.
މިފަަހަރު ވަނީ ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާގައި 10 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފިރިހެނުންނަށް ވެސް މިއެވޯޑަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަދާފައެވެ.
ނިމިިދިޔަ އަހަރު ޖެނުއަރީ 31 ގައި މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ އިން ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ކުރި އިއުލާން ބާތިލުކުރުމަށް ފަހު ފިރިހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ވަނީ އަލުން އިއުލާންކޮށްފައެވެ.
މި އެވޯޑަށް ކުރިމަތިލުމަށް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ހުށައަޅަން ޖެހޭ ތަކެތީގެ ތަފްސީލު ފޯމުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް