އިންޑިޔާ ކަނޑުގެ ސަރަހައްދުން ދިވެހި މަސްދޯންޏެއް އަތުލައިގެންފި
އިންޑިޔާގެ ކަނޑުގެ ސަރަަހައްދުން ދިވެހި މަސްދޯންޏެއް އަތުލައިގެންފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މަސްދޯނި އަތުލައިގެންފައިވަނީ މަލިކު ސަރަހައްދުންނެވެ. މަލިކަކީ އިންޑިޔާގެ ރަށެކެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވަނީ އެ މަސް ދޯނި ހިފެހެއްޓިކަން ޔަގީންކޮށްދެއްވާފައެވެ.
އަދި އެކަން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް