ިރިންގްރޯޑްގައި ކުޑަ ކުއްޖަކު ވަށިގަނޑަށް އަރުވައިގެން ދުއްވައިފި
މާލޭގެ ރިންގްރޯޑްގައި ކުޑަކުއްޖަކު ވަށިގަނޑަށް އަރުވައިގެން ދުއްވައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައެވެ. ގާތްގަނޑަކަށް ދެއަހަރު ނުވާކަމަށް ބެލެވޭ މި ކުއްޖާ ސައިކަލުގެ ވަށިގަނޑަށް އަރުވައިގެން ދުއްވާފައިވަނީ ފިރިހެނެކެވެ. މިކަމުގެ ވީޑިޔޯތައް ދަނީ ސޯޝަލް މީޑިޔާގައި ހަލުވިމިނެއްގައި ފެތުރެމުންނެވެ.
މި ވީޑިޔޯ ކުރި ފަރާތުން އެކަން ހުއްޓުވުމަށް މަސައްކަތެއް ކުރިތޯ ސާފުވާގޮތް ވަނީ ނުވެފައެވެ.
މި މައްސަލައާއި ގުޅިގެން ފުުލުހުންނާއި ޖެންޑަރ އިން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
ރިންގްރޯޑް މަގަކީ އެކްސިޑެންޓްތައް ގިނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް