ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރު ނެދަލަންޑްސްގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިވެހިރާއްޖެއިން ނެދަލެންޑްސްއަށް އަލަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލާ ގީލާ އަލީ، އެ ޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ވިލެމް-އެލެގްޒެންޑަރއަށް ފަތްކޮޅު އަރުވައިފިއެވެ.
ހެގްގައި ހުންނަ ނޫރްޑެއިންޑެ ގަނޑުވަރުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމްބެސެޑަރ ގީލާ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮއެދުމާއި ސަލާމް ނެދަލެންޑްސްގެ ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދާއިރާތަކުން ގާތުން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ދެމިހުންނާނެކަމުގެ ޔަގީންކަން އެމްބެސެޑަރ ގީލާ ވަނީ ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އެމްބެސެޑަރ ގީލާގެ ފިރިކަލުން އަބްދުالله މުޝްރިފާއި، ބްރަސެލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ޝައްފާޢު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް