ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއްގެ ކައުންސިލް ބައްދަލުވުން ބާއްވައިފި
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ އިންތިގާލީ ރައީސް އަހުމަދު އަދީބު ހޮސްޕިޓަލްގައި އޮންނަވަނިކޮށް އަނބުރާ ޖަލަށް ގެންދިއުމަށް މަސައްކަތްކުރަމުންދާތީ އެމްޓީޑީއިން ކުއްލި ކައުންސިލް ބައްދަލުވުމެއް އައިޖީއެމްއެޗް ގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ އިންތިގާލީ ރައީސް އަހުމަދު އަދީބު ހޮސްޕިޓަލްގައި އޮންނަވަނިކޮށް އަނބުރާ ޖަލަށް ގެންދިއުމަށް މަސައްކަތްކުރަމުންދާތީ އެމްޓީޑީއިން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ގެ އިސްތިއުފާއަށް ގޮވާފައިކަން ފާހަގަކޮށްލަންޖެހެއެވެ.
މިގެއިތުރުން މި ކައުންސިލް ބައްދަލުވުމުގައި އެމްޓީޑީއިން ވަނީ އަހުމަދު އަދީބު ގާނޫނާއި ގަވައިދުތަކާ ހިލާފަށް ހައްޔަރުކޮށް ގެންދިއުން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް ގަރާރެއް ވެސް ފާސްކޮށްފައެވެ.
މިއީ ސިޔާސީ މިފަދަ ހަރަކާތެއް ހޮސްޕިޓަލެއްގައި ހިންގި ފުރަތަމަ ފަހަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ޔާމީން އިސްވެހުންނަވައިގެން އެމްޓީޑީގެ ބައެއް މެންބަރުންދަނީ ޝައިޚް އިމްރާންގެ ގެކޮޅުގެ ކައިރިއަށް ގޮސް އެމަނިކުފާނު އިސްތިއުފާ ދިނުމަށާއި، އަދީބްއަށް އެކަށީގެންވާ ބޭސްފަރުވާާ ކުރުމުގެ ހައްގު ދިނުމަށް އެދެމުންނެވެ.
މިވަގުތު ޝައިޚް އިމްރާން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އަދީބުގެ ސާޖަރީއެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައިވަނިކޮށް، އެބޭފުޅާ ހޮސްޕިޓަލުން ދޫކޮށްލުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް