ޒަކާތު ފަންޑުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ޒަކާތު ފަންޑުން އެހީއަށް އެދުމުގެަފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކު މިނިސްޓްރީން ބުނެފައިވަނީ ފުދުންތެރިކަން ނެތް ފަރާތްތަކުން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހަޅާ ފޯމާއި، ސިޓީ ފަދަ ތަކެތި ބަލައިގަތުން މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު މެދުކަޑާލީ، އެމިނިސްޓްރީ ދަށުގައި ހުރި މިދިޔަ އަހަރުގެ ފަންޑުތަށް އޮޑިޓް ކުރުމަށް ކަމަށެވެ.
އަދި ފާއިތުވި އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް އެފުރުސަތު ހުޅުވާލާފައިވާކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން ޒަކާތު ފަންޑްގެ އެހީގެ ފޯމްތައް އެމިނިސްޓްރީން ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު އަށަކުން މެންދުރު އެކަކަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކު މިނިސްޓްރީން ބަލަހައްޓަމުންދާ ޒަކާތު ފަންޑަކީ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންކުރަމުން އަންނަ ފަންޑެކެވެ. މިހާތަނަށްވެސް އެ ފަންޑުން ގިނަ ބަޔަކަށް ވަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް