އަލިފާނުގެ ހާދިސާގައި އަރިއަޅާލި އިމާރާތް ތަޅާލަނީ
މިދިޔަ ހުކުރުދުވަހު ހެންވޭރުގައި ހިނގި ނުރައްކާތެެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަރިއަޅާލި އިމާރާތެއް ތަޅާލަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ އިމާރާތް އަރިއަޅާލުމުގެ ސަބަބުން އެތަން ތަޅާލުމުގެ މަސައްކަތް މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފަށާފައިވާ ކަމަށާއި އެ މަސައްކަތުގައި ސިފައިންވެސް ބައިވެރިވާނެކަމަށެވެ.
މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރޫޅާލަނީ ހ.ކީވްއެވެ.
މިއީ ހޮޅިއާއި ޓިނު ބޭނުންކޮށްގެން ހަދާފައިވާ ހަތަރުބުރީގެ އިމާރާތެއްކަމަށް މައުލޫމާތުލިބެއެވެ.
ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ހަތް ގެ ވަނީ އަނދައި ހުލިވެފައެވެ.
ފޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް