N/A
N/A
ހަބަރު 22 Oct 2019 | 14:42

ގައުމު އަނެއްކާވެސް ބަޣާވާތެއްގެ ތުންފަތް މައްޗަށް

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ބޭލީ ބަޣާވާތަކުންކަމަށް އެކިފަހަރުމަތިން ދިވެހި ރާއްޖޭގައާއި އަދި ބައިނަލް އަގުވާމީ އެކިއެކި ފޯރަމްތަކުގައި ނަޝީދު ވިދާޅުވަމުން ގެންދަވެއެވެ.

އެއްފަހަރު ވިދާޅުވީ ބަޣާވާތްކުރީ އެމަނިކުފާނުގެ ނާއިބް ރައީސް މުހައްމަދު ވަހީދު ކަމަށެވެ. އަނެއް ފަހަރު ހަދާންވާގޮތުން ގދ ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއީ ވަހީދުގެ ކަމެއް ނޫންކަމަށެވެ. ވަހީދަށް އެވަރުގެ ކަމެއް ނުކުރެވޭނެއެވެ. މައުމޫންގެ ކަމެއްކަމަށެވެ. ދެން ދުވަސްކޮޅަކުން ވަހީދުގެ ބޮލަށް އަނެއްކާ ޖެއްސެވިއެވެ. އޭގެފަހުން ރާއްޖޭންބޭރުގެ ޓީވީއަކަށް އަރައި އިންނަވައި ވިދާޅުވީ ބަޣާވާތްކުރީ މައުމޫން ކަމަށެވެ.

ފެބްރުއަރީ ހަތްވަނަ ދުވަސް އައުމުގެ ކުރިން ބަޣާވާތެއް ބަޔަކު ގެންނަން އުޅޭކަމަށް ވެގެން ލޮނުޒިޔާރަތްކޮޅުގައި އޮތް ސިފައިންގެ ރަސްމިއްޔާތަކަށް ރައީސް ނަޝީދު ވަޑައިގަންނަވަން އޮތް އޮތުން ކެންސަލްކުރައްވަން ޖެހިވަޑައިގަތެވެ. އެކަން އެމްއެންޑީއެފްގެ އިންޓެލިޖެންސުން ރަނގަޅަށް ތަހްގީގު ހިންގައި ބެލިއިރު ވީގޮތަކީ އޮލިމްޕަސްކައިރީގައި ހުރި ހޮޓަލަކަށް ސައިބޯން އެރިދެމީހަކު ސައިގައި ތިބެގެން ތެޅި ހުސް އަނގަތަކެއް އަޑުއިވިގެން އެތާ ސައިބޯން އިން އެހެންމީހަކު ކުއްލިއަކަށް ސީރިއަސްވެ އަވަސްއަރައިގަނެގެންގޮސް ރިޕޯޓްކޮށްގެން އެކަމާ ބިރުފުޅުގަތީއެވެ.

ތަހްގީގު ހިންގީ ރައީސް އަވަހާރަކޮށްލަން ބަޔަކު ރާވާފައިވާކަމަށް ބަލައިގެންނެވެ. ތަހްގީގުން އެގުނީ ހުސްއަގަތަކެއްކަމަށެވެ. އޭގެފަހުން އިދިކޮޅު ބަޔަކު މަގުމައްޗަށް އެއްވެލިޔަސް ބަޣާވާތެއް ގެންނަން އުޅޭކަމަށް ވިދާޅުވެއެވެ. އެންމެފަހުން ސިފައިން ބަރުހަތިޔާރާއި ޓޭންކާއެކު މަގުމައްޗަށް ނެރެ ދަންވަރުގެ ގަޑިއެއްގައި މީހެއްގެ ގެއެއްގެ ދޮރުވަށްޓާލާފައި ވަދެ ކްރިމިނަލް ކޯޓްގެ ޖަޖު ވަގަށް ނެގިއެވެ. އެކަންނުކުރުމަށާއި އެކަމުގެ ނަތީޖާ ހިތިވެދާނެކަމަށް އެރުވި އެއްވެސް ލަފައެއް ގަބޫލުފުޅެއް ނުކުރެއްވިއެވެ.

7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުން

އޭރު ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް އެއްބޭފުޅަކީ މިއަދު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިހެވެ. އެއީ އެންމެ ހެޔޮއެދޭ އެންމެ ގާތް އަބަދުވެސް އެކީގައި އުޅުއްވަމުންގެންދެވި ރަހްމަތްތެރިޔާއެވެ.

ފެބްރުއަރީ 7 އައިއިރު އިބްރާހިމް މުހައްމަދު ސާލިހްގެ އެއްވެސް ލަފަޔެއް ނަޝީދު ނާއްސަވާތީ ސާލިހް ހުންނެވީ ސަފުން ބާކީވެފައެވެ. ނަޝީދުގެ ނަޒަރުގައި އެމަނިކުފާނުހާ މޮޅު ސިޔާސީ ކުޅި ކުޅުއްވަން އެކަށޭނަ ބޭފުޅެއް މަދުވާނެއެވެ. އެކަމަކު އެމަނިކުފާނުގެ ކެބިނެޓާއި އަދި ހެޔޮއެދޭ އެންމެން އިސްތިއުފާ ނުދެއްވަހަރޭ ގޮވަގޮވައި އޮއްވައި ކެބިނެޓްގައި ވަޒީރުންގެ ލޮލަށް ގޮވާފައި ނުކުންނަވައި އިސްތިއުފާދެއްވައި ދެން ދުވަހަކުވެސް ދިވެހި ރާއްޖޭގެ ރައީސްކަމަށް ކުރިމަތިނުލައްވާނެކަމަށް ހުވާކުރައްވާފައި ނުކުމެ ދެން އެހިގި ކަމެއް ހިގައި އަދި ޖެހިގެން އައި ރިޔާސީ އިންތިޚާބުގައިވެސް ބަލިވެ، ވެރިކަމަށް އެރި ޔާމީންއާއި ކުޑަދުވަސްކޮޅު ހިނިތުންވެ ވާހަކަދައްކާ ހަދާލާފައި އެނުކުތީ ބަޣާވާތަކުން ވެރިކަންވަށްޓާލުމަށް މަގުމައްޗަށެވެ.

ޔާމީންގެ ވެރިކަން ވަށްޓާލާފައި ވެރިކަމަށް ލާނީ ގާސިމް އިބްރާހިމްކަމަށް ގާސިމްބޮލަށް ރަނގަޅަށް އެރިވަޑައިގެން ކުރައްވަން އުޅުއްވިކަންކަމުގެ ނަތީޖާއަކަށްވީ އިސްގާޒީ ހައްޔަރުކުރަން ކުރިއަމުރުގެ ޝަރީއަތް އެފުލުފުލުގައި ގެންގޮސް ކުށްވެރިވެ ޖަލަށްވަންނަންޖެހުމެވެ.

ދެން ޖަލުން ފިއްލަވައިގެން ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ރަހްމަތްތެރިޔާ ރިޔާސީ އިންތިޚާބަށް ނުކުންނަވައި ވެރިކަން ހޯއްދަވައި ޖަލު ބަންދުން ވީއްލުވައި ބޮޑު އަރުމާޒުކޮޅެއްގައި މީހުންގެ އަތްދަނޑިމަތިން ގެނެސް މާލެބޭލުމުން އިންތިޚާބަކަށް ނުކުމެ ކާމިޔާބުހޯދައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ދާނުގައި ޖެހުނުހިދު އަނެއްކާވެސް ސިކުނޑީގައި އެބުރެންފެށީ ބަޣާވާތެކެވެ. ބަޣާވާތެކެވެ. ކޮންމެވެސް ބަޔަކު އަނެއްކާވެސް ބަޣާވާތެއް ކުރަން އުޅޭކަމަށް އެކިފަހަރު މަތިން ތުހުމަތުކުރައްވައި އެބަ ވާހަކަފުޅު ދައްކަވައިފިއެވެ.

ސަރުކާރު ހިންގުމުގެ ބާރުތައް މަޖިލީހުގެތެރެއަށް

ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލީމާ ފެންނަނީ އެންމެ މަންޒަރެކެވެ. ނަޝީދަށް ހެދިގޮތަށް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، ދެން އޮންނަ ރިޔާސީ އިންތިޚާބަކަށް ނުނުކުމެވޭވަރަށް، 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށްލާން އަޑިއަޑިން ރޭވެމުންދާއިރު ޔާމީން ކުރައްވާހާވެސްކަމަކީ ބުރަހެލި ކަމާއެކުވެސް ރަށްރަށަށް އަރުއްވައި އެމަނިކުފާނުގެ ވެރިކަމުގައި އަޅުއްވާފައިވާ ކުދި ފުޓްބޯޅަ ދަނޑުތަކުގައި ފުޓްބޯޅަ ކުޅުއްވުމެވެ.

ގާސިމް އިބްރާހިމް ފެންނަނީ ސަރުކާރުން ދެއްވި ހެޔޮވަރުގެ ބަދަލަކާއެކު ގެކޮޅުގައި ތަންކޮޅެއް ބޮޑަށް އަރާމުކުރައްވާތަނެވެ. ހަރާތްތައް ހަލުވިވެފައި ގޮތް ނޭގެނީ ރައްޔިތުންގެ މަޖިލީހުގެތެރެއިންނެވެ. ބަޣާވާތެއްގެ ރަނގަބީލުގެ އަޑު އެބަޖައްސަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ގިނަ ބާރުތައް ރައްޔިތުންގެ މަޖިލީހުގެތެރެއަށް ފިރުކައިގަނެވިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކުޑަސަރުކާރެއް ހަދައިފި ކަހަލައެވެ. ސަރުކާރުގެ ސިޔާސަތުތައް ހިންގާނެ ގާނޫން ހެދުމުގެ ބާރު އެގްޒެކްޓިވް ޕަވަރގެތެރެއިން ނިގުޅައި ގަނެވިއްޖެއެވެ. އިންޒާރެއް ފޮނުވަމުންނެވެ. އަހަރެމެން ބޭނުން ގާނޫނެއް އަހުރެމެން ފާސްކޮށްހަދާނަމެވެ.

ސިޔާސީ ކަންކަމަށް ބާލިޣްނުވާ އަދި ރަނގަޅަށް ޝަރުއީކަންކަމަށް ތަންދޮރުނުފިލާތިބި ބަޔަކު ފާކޮށްގެން ފަނޑިޔާރުގޭގެ ބާރުތައް މަޖިލީހުގެތެރެއަށް ދަމައިގަނެވިއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު ހިއްޕުޅާ ނުވާ ކޮންމެ މީހަކު މަޖިލީހުގެތެރެއަށް ދަމައިގެނެސް ވަޒީފާތަކުން ވަކިކޮށް ހަދަންފަށައިފިއެވެ. މަޖިލިސްގެ ކޮމެޓީތަކެކޭ އަސްކަރީ ކޯޓްތަކެކޭ ތަފާތެއް ނެތެވެ. ދައުލަތުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރުވެސް މުށުތެރެއަށް ރަނގަޅަށް ގެންނަވައިފިއެވެ. ރައީސުލް ޖުމްހޫރިއްޔާ ކުރައްވާކަންކަން އަވަސްއަރުވާލައިގެން ރައްޔިތުންގެ މަޖިލީހުގެތެރެއަށް ގެނެސް ކޮށް ނިންމައިލަނީއެވެ. މަރުކޮމިޝަންގެ ރިޕޯޓަކީ މިސާލެކެވެ. އިސްލާމްދީނާއިގުޅޭގޮތުން ގަޑުބަޑެއް ހިލުވާލެވިއްޖެއެވެ. ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު މަގުމައްޗަށް ނުކުމޭތޯއެވެ.

އެމްޑީޕީގެތެރެއިން ރައީސް ސާލިހްގެ ބާރުތައް ކަނޑުވާލަނީ

ދެން މިހާރު ކުރައްވާ އެންމެ އާދަޔާޚިލާފް އެއްކަމަކީ މިދަނޑިވަޅުގައި އެމްޑީޕީގެ ރައީސްކަމުގެ ގޮޑިކޮޅު މިލްކުކުރައްވަން ފުންމަވައިގަތުމެވެ. އެމްޑީޕީގެ ދުސްތޫރުގައި އޮންނަނީ އެޕާޓީގެތެރެއިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުކުރެވޭ ފަރާތަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު އުފުލާ އެންމެ އިސް ފަރާތްކަމަށެވެ.

މިވަގުތު ޕާޓީގެ ދުސްތޫރުގައިބުނާގޮތުން އެމަގާމުގައި ހުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އެންމެ ބާރުގަދަ ބޭފުޅަކަށްވާނީ ސާލިހެވެ. އެކަމަކު ޕާޓީން އިންތިޚާބުވި ރައީސަށް އަހަރުދުވަސްވެސް ނުވަނީ އޭނާގެ ބާރުތައް ޕާޓީގެތެރެއިން ދަމައިގަންނަނީއެވެ. މިއީ ޕާޓީގެ ތާއީދުއޮތީ ކޮން ފަރާތަކަށް ދައްކައިލުމެކެވެ. އިސްއުފުލާލަން ކެރުނު މީހަކު ނެތެވެ.

މިހުރިހައި ކަމެއްގެ އާޚިރް ނަތީޖާ މިހުއްޓެނީ ފަހެ ކޮންހިސާބަކަށްތޯއެވެ. ރަނގަޅަށް ވިސްނައި ފިކުރުކޮށްލުމުން ފެންނަނީ ހަމަ އެންމެ މަންޒަރެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ޕާޓީ އެމްޑީޕީން، އެމަނިކުފާނު މަޑުމަޑުން އެކަހެރިކުރަމުން ބާރުކަނޑުވަމުން، ނިކަމެތިކުރެވެމުން، އެމަނިކުފާނުގެ ސަރުކާރު ފަޟީހަތްކުރެވެމުން، ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓެމުންގޮސް ދައުލަތުގެ ވަލީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހަވާލުވާ ދަރަޖައަށް ކަންކަން ގެންދިއުމެވެ.

އެހާއިރުން ކުއްލިގޮތަކަށް ބަރުލަމާނީގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެތެރެއަށް އެމްޑީޕީގެ ރަންރީނދޫ ލޭހިގާ މެމްބަރަކު ވައްދައިލުމާއެކު ބަހުސްފަށައި ދައުލަތް ހިންގުމުގެ ނިޒާމު، އިބްރާހިމް ޝިހާބު ވިދާޅުވެފައިވާ ފަދައިން ބަދަލުކޮށްލުމަށް ހާލަތުއް ޟަރޫރިއްޔާ އޮންނާނީ އައިސް ޖެހިފައެވެ.

ވަލީއާއި ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މީގެކުރިން ދިވެހި ތާރީޚްގައި މިހެން ހިގާފައި ހުންނަކަންކަން ގޮސް ނިމެނީ ބަޣާވާތަކުންނެވެ. ފެންނަ ފެނުމަށް މިފަހަރުގެ ބަޣާވާތުގައި އުޅުއްވާތަންވެސް ފެންނަނީ ފެބްރުއަރީ ހަތެއްގެ ބަޣާވާތުގެ މޭސްތިރިއާއި އޭގެފަހުން އައި ސަރުކާރުތައް ވަށްޓާލަން ބަޣާވާތް ކުރި މާސްޓަރެވެ.

ހިބަރުވަދުގައި ހުސްބުޅީގައި ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުޑިޝަލްކޫއެއް ގެނައުމަށް އުޅުއްވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ނުހިމަނައެވެ. ކޮންމެއަކަސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސަތަށް އަހަރުދުވަސްވެސް ނުވަނީސް އެމަނިކުފާނުގެ ޕާޓީން ރާވައިގެން ބަޣާވާތެއްގެ ތުންފަތްމައްޗަށް ގައުމު ވަށްޓާލައިފިކަމަށް މިހާރު ފެންނަމުންދާކަންތައްތަކުން ބުނެދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...