އަންނަ ހޯމަދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ
އަންނަ ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރުމަށްފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައިސް ގާސިމް އިބްރާހިމް ނިންމަވާފައިވާކަމަށެވެ.
ނަމަވެސް މި ޖަލްސާގެ އެޖެންޑާއެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހުގެ ޖަލްސާ ނިންމާލައިފައިވަނީ ކޮމެޓީތަކުން ތަޅުމަށް މައްސަލައެއް ހުށައަޅާފައި ނުވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް