ޕީޖީ ބިސާމް ޖުޑިޝަރީ ކޮމެޓީއަށް ހާޒިރު ކުރަނީ
ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިސާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާއިރުކުރަން ނިންމައިފިއެވެ.
ބިސާމް ކޮމެޓީއަށް ހާޒިރުކުރާ ސަބަބު ހާމައެއް ނުކުރެއެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ ބިސާމް ގާނޫނާ ހިލާފް ކަންތައްތައް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ބިސާމް ގާނޫނާ ހިލާފު އަމަލުތައް ހިންގަވާފައިވާތީ އެކަމަނާ މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ.
އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ވަނީ، ކޮންމެ އަހަރަކުވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން އެކި ތަމްރީން ޕްރޮގްރާމްތަކުގައި ޗައިނާއަށް ފޮނުވާ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައެވެ.
ހިސާން ވަނީ 2017 ވަނަ އަހަރުން ފެށިގެން އެމްއޯޔޫއެއްގެ ދަށުން ޕްރޮސެކިއުޓަރުން ތަމްރީން ކުރުމަށް ޗައިނާއަށް ފޮނުވަނީ ކޮން ކަމެއްގައިތޯ ސާފު ކުރުމަށް ހުށަހަޅައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް