ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް މުރާޖައާކުރަނީ
ނިމިދިޔަ ސަރުކާރުގެ ތެރެއިން ލޯކަލް ގަވަރމެންޓް އޮތޯރިޓީ މެދުވެރިކޮށް ކައުންސިލަރުންނާއި މެދު އެޅުނު ފިޔަވަޅުތައް މުރާޖައާކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ހޯމް މިނިސްޓަރ އަދި އެލްޖީއޭގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ކައުންސިލަރުންނަށް ނުހައްގުން ފިޔަވަޅު އެޅި މައްސަލަތައް މުރާޖައާކުރަން ފަށާފައިވާ ކަމަށާއި ދާދި އަވަހަށް އެ މައްސަަލަަތައް ބަލައި ނިމި އިންސާފު ގާއިމްވެގެންދާނެ ކަމަށެވެ. ސިޔާސީ ސަބަބުތަކާ ހުރެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ މުސާރަ ނުލިބޭގޮތަށް އެލްޖީއޭ މެދުވެރިކޮށް ގިނަ ކައުންސިލަރުން ސަސްޕެންޑް ކޮށްފައެވެ.
އޭގެ ތެރޭގައި ގިނައީ އޭރުގެ އިދިކޮޅު ފިކުރުގެ ކައުންސިލަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް