މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ މިރޭ އިއުލާންކުރާނެ!
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ މިރޭ އިއުލާންކުރަން ފެށުމަށް އީސީން ތައްޔާރުވެއްޖެއެވެ.
ދާއިމީ ނަތީޖާ އިއުލާންކުރަން ފަށާނީ މިރޭ 9:30ގައެވެ.
ދާއިމީ ނަތީޖާ ކަށަވަރު ކުރުމުގެ ގޮތުން އީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދެ ދާއިރާއެއްގެ ހަ ވޯޓު ފޮށި އަލުން ރޭ ގުނާފައިވާއިރު، 74 ވޯޓު ފޮއްޓެއް އަލުން ގުނަން އީސީން ވަނީ ނިންމާފައެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް