މުއުތަސިމާއި ސުއޫދުގެ ނަން ދިރާސާކުރަން ކޮމެޓީއަށް
އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން، މ. ގުލްފާމްގެ، އަހުމަދު މުއުތަސިމް އަދުނާން، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުއުތަސިމާއި ސުއޫދުގެ ނަން ދިރާސާކުރަން ކޮމެޓީއަށް ފޮނުވަން ނިންމި އިރު، މި ދެބޭފުޅުންގެ ނަން ޖޭއެސްސީއަށް ރައީސް ސޯލިހު ފޮނުއްވީ ހުސްވި ހަފްތާގައެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމާށް ކުރިމަތިލީ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި ނަންފުޅުތަކާއި އެކު، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓުކުރެވުނު ފަރާތްތަކާ އިންޓަވިއުކުރުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ކޮމިޝަނުން ބަލައިގަނެ، އެ ރިޕޯޓުގެ އަލީގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށް ނިންމާފައިވާކަމެވެ.
އެގޮތުން މުުުއުތަސިމް އާއި ސުއޫދުގެ ނަމަކީ ހައިލީ ރެކޮމެންޑަޑް ދެ ނަންކަމުގައި ރައީސް ސޯލިހަށް ލަފާ އެރުވުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް