މާލެ ބަންދަށް އަދީބު މިނިވަންވެއްޖެ
ހުއްދަ ނެގުމާއި ނުލައި ރަށުން ބޭރަށް ނުދެވޭގޮތަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެއްޖެއެވެ.
އަދީބު މިނިވަންވެފައިވަނީ އެބޭފުޅާގެ މައްޗަށް ކޯޓުން އިއްވާފައިވާ ފަނަރަ ދުވަހުގެ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
އެ ހުކުމް ތަންފީޒުކޮށް ނިމުނަސް އަދީބަށް ހުއްދަ ނެތި ރަށުން ބޭރަށް ނުދެވެނީ ސުޕްރީމް ކޯޓުން އެބޭފުޅާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ނެރެފައިވާތީއެވެ.
އަދީބުގެ މައްޗަށް ސާބިތުވި ގިނަ މައްސަލަތަކެއް ހައިކޯޓުން ވަނީ ބާތިލްކޮށް، ކްރިމިނަލް ކޯޓަށް އަލުން ޝަރީއަތް ކުރުމަށް ފޮނުވާލާފައެވެ.
ނަމަވެސް އެކޯޓުން ވަނީ އެ މައްސަލަތައް މިހާރު އޮތްގޮތަށް ނުބެލޭނެކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް