އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމެންޓް" ކުރިއަށް ގެންދިއުމަށްޓަކައި އޮސްޓްރޭލިއާގެ އޭރޮނޯޓިކަލް އޮތޯރިޓީއާއެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފެށި މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ދަތުރުތައް ބޭއްވުމަށް އޮތް ހުރަސްތައް ނެތިގެންދާނެއެވެ.
މިފަދަ އެއްބަސްވުމެއްގައި ސޮއި ކުރެވިފައުވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އަންނަނީ އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް