ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު މޫސާ ޝިފާޢު އަށް ތާއީދު ކުރައްވައިފި
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ހެންވޭރު ދެކުނު ދާއީރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް މޫސާ ޝިފާޢު އަށް ތާއީދު ކުރައްވާކަން ޝެއިޚް އަލީ ޒާހިރު ހާމަކުރައްވައިފިއެވެ. އަދި މީގެ އިތުރުން ޝެއިޚް ޝަފީއު އަބްދުﷲ އާއި އަބްދުﷲ ސަޢުދަާން , އަބްދުﷲ މިފްޒާލް އަދި ޑރ. ޢިޔާސް ވެސް ވަނީ ޝިފާޢު އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަފައެވެ.
ޝެއިޚް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޝިފާޢު އަކީ ހިތްހެޔޮ ސާދާ ބޭފުޅެއް ކަމަށާއި، ދިވެހިން ބޭނުންވަނީ މަޖިލީހުގައި ވެސް އަހްލާގު ރަނގަޅު ތެދުވެރިން ތިބެން ކަމަށެވެ.
މީސް މީޑިޔާގައި މިހުރިހާ ޢިލްމުވެރިން ވެސް ޝިފާޢު އަށް ތާއީދު ކުރާކަން ހާމަކޮށް ޝިފާޢުއަށް ކާމިޔާބަށް ވަނީ އެދިވަޑައިގެންފައެވެ.
@MoosaShifau akee hinheyo saadhaa beyfulheh. heyolafa dhivehin beynunvaanee majilihugaives akhulaagu ragalhu thedhuverin thiben. Alhugaduge dhua akee Allah kaamiyaabu minvaru kurevvun. Aameen.https://t.co/e9OOJQOLJn
— Ali Zahir bin Saeed (@alizahirsaeed) April 3, 2019
ޝިފާޢު އަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިސްލާމިކް ސްޓަޑީސް ދާއިރާއިން ތަޢުލީމު ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ. އަދި އިސްލާމް ދީނުގެ ހެޔޮ ފެތުރުމުގައި އެތައް އަހަރެއް ވަންދެން އެކި ޢިލްމުވެރިންނާއި ޖަމްޢިއްޔާތަކައި އެކު މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް