ގާނޫނީ ދާއިރާގައި ރާއްޖެއާއި އިންޑިޔާއިން އެއްބާރުލުން ދިނުމުގެ މުއާހަދާގައި ސޮއިކޮށްފި
ގާނޫނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުއާހަދާއެއްގައި ދިވެހިރާއްޖެއާއި އިންޑިޔާއިން ސޮއިކޮށްފިއެވެ.
މި މުއާހަދާގައި ސޮއިކޮށްފައިވަނީ މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައެވެ. މި މުއާހަދާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް.ޖަޔަޝަންކަރުއެވެ.
މި ރަަަސްމިއްޔާތުގައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމާއި އިންޑިޔާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް"ގައި ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 8ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް