ސަރުކާރުގެ ކޮރަޕްޝަން އޮންނާނީ ޒީރޯ ޓޮލަރެންސްގައި: ރައީސް ޞާލިހް
މިސަރުކާރުގައި ކޮރަޕްޝަން އޮންނާނީ ޒީރީ ޓޮލަރެންސްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަކޮށްގެން ފިނޭންސް މިނިސްޓްރީން ބޭއްވި މަހާސިންތާގައި ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަން އޮންނާނީ ޒީރޯ ޓޮލަރެންސްގައިކަން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ.
އަދި މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ކަމަށާއި ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި ބޭފުޅަކުވެސް ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް ކުޑަވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް މަގުސަދާ އެއްގޮތަށް ނުދާކަން ފާހަގަކުރައްވައި ވިދާޅުވީ ވަރަށް ރަނގަޅަށް ހިނގާ ކުންފުނިތައްވެސް އެބަ ހުރި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ މަގްސަދު ހާސިލު ކުރުމަށް އީޖާދީ ގޮތްތަކެއް ހޯދައިގެން، މަގުސަދު ހާސިލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކުރަން ޖެހިފައިވާ ކަމެކެވެ. އަދި ކުންފުންނިތައް އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް ކުންފުނިތަކާ ބެހޭ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީއާ ގަވައިދުން ރައްޔިތުންނާ ހިއްސާ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ސަރުކާރުގަ އާއި ކުންފުނިތަކުގައި ކޮރަޕްޝަނަށް މަގުފަހިވުމުގައި އޮތް އެންމެ ބޮޑު ދިމާލަކީ ޕްރޮކިއުމަންޓާއި ބިޑަށް ހުޅުވާލުމުގައި ދިމާވާ މައްސަލަތައް ކަމަށާއި އެކަންތައްތައް ކުރިއަށްގެންދަން ވާނީ ކުރިއަށްވުރެ ހާމަކަން ބޮޑު ދެފުށް ފެންނަގޮތަށް، އަދި ނުފޫޒުން އެއްކިބާވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް