މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / އޯކިޑުވިލާ ، ޖާދުﷲ އަޙްމަދު ޤާސިމް (51އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
އެގޮތުން ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމުގެ ތުހުމަތުގައި އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޖާދުﷲ އަޙްމަދު ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް