ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރުދިން ފުލުހެއްގެ މައްސަލަ ތަޙުޤީޤު ކުރަނީ
ފުލުހުންގެ އޮފިސަރަކު ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފިއެވެ. މި މައްސަލައިގެ ތަޙުޤީޤު ފެށިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
މި މައްސަލައާ ގުޅޭ އޯޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ އޯޑިއޯގައި ފިރިހެން ފުލުހެއްގެ އަޑުން ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު ދޭ އަޑު އިވެއެވެ. މީގެ އިތުރުން، އިންޒާރުދިން ކަމަށް ބުނެވޭ ފުލުހުގެ ފޮޓޯއާއި ވަނަވަރު ވެސް ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރެވެމުންނެވެ.
އަޑުފެތުރޭ ގޮތުގައި، އިންޒާރު ދީފައިވަނީ އެ ފުލުސް މީހާގެ ލޯބިވެރިޔާއަށެވެ. ނަމަވެސް މި މަޢުލޫމާތު ފުލުހުންގެ ފަރާތުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ވަޅިން ބިރުދެއްކުމާއި އިންޒާރުދިނުމަކީ ޤާނޫނީ ގޮތުން ބޮޑު ކުށެއް ކަމަށްވާއިރު، މިފަދަ މައްސަލަތަކުގައި ބޮޑެތި އަދަބު ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް