ރިޟްވާން މައްސަލައިގެ ރިޕޯޓްގެ ކޮޕީ ޕީޖީ ލީޑަރުންނަށް ދިނުމުން އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށްނެގި މައްސަލައިގަައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގު ޕީޖީ ލީޑަރުންގެ އަތަށް ދިނުމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ރިލުވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފަިއި ވަނިކޮށް، ކަމާއި ނުބެހޭ ފަަރާތެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއްކަމަށެވެ.
އަލީ ހުސައިން މިހެން ވިދާޅުވުމުން މީހަކު ވަނީ ގައުމީ ބޮޑު މައްސަލައެއްގައި ހުރިހާ ޕާޓީއެއްގެ ވެރިންނަށް އެކަން އެނގުމަކީ މައްސަލައެއްތޯ އަހާފައެވެ. ޖަވާބުގައި އަލީ ހުސައިން ވިދާޅުވީ އެކަން ސިއްރު ކުރުމަށް ކޮމިޝަނުން އެދިފައި ވަނިކޮށް ހާމަކުރުން ރަނގަޅުކަމެއް ނޫން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް އެރުވި ރިޕޯޓްގެ ޑްރާފްޓްގައި ވަނީ ސިއްރު ހެކިންގެ މައުލޫމާތާއި ވަނަވަރުވެސް ހިމެނިފައެވެ. އެހެންކަމުން ކުއްލިގޮތަަކަށް އެ ރިޕޯޓް ވަނީ އަތުލާފައެވެ.
އަދި އެ ރިޕޯޓް އަތުލުމަށްފަހު އޭގެ ޚުލާސާއެއް ފަހުން އެފަރާތްތަކަށް ދޭނެކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް