ރައީސް ޔާމީން އަނެއްކާވެސް ހޮސްޕިޓަލަށް!
ޖަލުބަންދުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކުއްލިގޮތަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށައިިފިއެވެ.
އެމަނިކުފާނު މިރޭ އައިޖީއެމްއެޗްއަށް ގެނެވިފައިވަނީ 24ގަޑިއިރު އޮބްޒަވޭޝަންގައި އޮތުމަށްފަހު މިއަދު ހެނދުނު ދޫކޮށްލިފަހުންކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެވުނީ މާފުށީ ޖަލުގެ ޑޮކްޓަރުގެ ލަފާގެމަތިން ކަމަށް މައުލޫމާތުލިބެެއެވެ.
ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންދެވިފައިވަނީ މިރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް