ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫ ސިޓީ ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނީ ހުޅުމީދޫގައި ބަޔަކު, މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. މި މާރާމާރީ ގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އެ މީހާއަށް ސީރިއަސް އަނިޔާތަކެއްނުވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މާރާމާރީ ހިންގަން މެދުވެރިވީ ސަބަބެއް ސާފެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް