ރައީސް ނަޝީދަކީ އިންސާފު ދަންނަ ބޭފުޅެއް ނޫން: އަލްހާން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އިންސާފު ދަންނަ ބޭފުޅެއް ނޫންކަމަށް ރައްޔިިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ ސަންގުޓީވީގެ "ޚަބަރަށްފަހު ޕްރޮގްރާާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ފާޅުގައި ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ ދައުލަތުގެ މެކޭނިޒަމްތައް ބޭނުންކޮށްގެން ފަނޑިޔާރުން ހައިޖެކްކުރަމުންގެންދާކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްވެސް ހައިޖެކްކޮށްފައިވާކަމަށާއި، އުއްތަމަ ފަނޑިޔާރަށްވެސް ބިރުދައްކަމުން ގެންދާާކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ތަޅުވަ ތަޅުވާފައިވެސް ނިންމާނީ ވަކިކުރަންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މިރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލްހާން ވަނީ ރައީސް ނަޝީދާއި އެމްޑީޕީން ޖުޑީޝަރީ އިސްލާހު ކުރުމަށް ގެންގުޅޭ އުސޫލުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
"އިންސާފު ދަންނަބައެއްވެސް ނޫން ތީކީ. އެމްޑީޕީގަ ޚާއްސަކޮށް ރައީސް ނަޝީދަކީ ތީ އިންސާފު ދަންނަ ބޭފުޅެއްވެސް ނޫން. ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތް އެއީ އިންސާފު. ހައްގުވާ މިންވަރަކީ ރައީސް ނަޝީދު ވިދާޅުވާ ވަރެއް"، އަލްހާން ވިދާޅުވިއެވެ.
އަލްހާާން އިތުރަށް ވިދާޅުވީ މިހާރު މިދަނީ ވެރިކަން ވެއްޓެންކަމަށާއި އަދުލު އިންސާފުގެ މައްޗަށް އަރައިގަނެ ވެރިން ބޭނުންވާާގޮތަކަށް ހުކުމް އިއްވާ ހިސާބަށް ދިއުމުން ވެރިކަން ދެން ވެއްޓޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް