ރާއްޖެއާއި ސައުދީގެ އޮޑިޓް އޮފީހުން ފަހުމުނާމާއެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ސައުދީ އަރަބިޔާާގެ ޖެނެރަލް އޮޑިޓިން ބިއުރޯއިން ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމްނާމާގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައެވެ.
މި ފަހުމްނާމާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތެވެ. ސައޫދީގެ ޖެނެރަލް އޮޑިޓިން ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ އެ ބިއުރޯގެ ރައީސް ޑރ. ހުސައިން އަލަންގާރީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ޒިޔަތު ވިދާޅުވީ، މި އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ އޮޑިޓް މަސައްކަތްތަކުގައި އެހީތެރިކަން ހޯދޭނެ ކަމަށެވެ. އަދި މުވައްޒަފުން ތަމްރީނުކުރުމުގައި ވެސް އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ މި އެއްބަސްވުމާ އެކު ދެ އޮޑިޓް އޮފީހުގެ ތަޖުރިބާ ހިއްސާކޮށް އެހީތެރިކަން ހޯދޭނެ ކަމަށެވެ. މީގެ އިތުރުން ފައިނޭޝަލް އާއި ޕާފޯމެންސް އޮޑިޓްގެ ދާއިރާއިން ދެ އޮޑިޓް އޮފީހަށް ވެސް އެހީތެރިކަން ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ސައުދީގެ ޖެނެރަލް އޮޑިޓީން ބިއުރޯގެ ރައީސް ޑރ އަލަންގާރީ ވިދާޅުވީ، މިއީ ދެ ގައުމުގެ އޮޑިޓިން ދާއިރާ ކުރިއެރުވުމަށް ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި ހާމަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް