އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓް: އެފްއޭއެމްގެ ރައީސްއަށްވެސް ފައިސާ ލިބުނު!
އެެމްއެމްޕީއާރްސީގެ ބޮޮޑު ޚިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް 30،000 ޑޮލަރލިބުނުކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އޭސީސީގެ ފަރާތުން މިއަދު އާންމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ރިޕޯޓުންނެވެ.
އެ ރިޕޯޓްގައި ވާގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާތައް ފޮނުވާފައިވާ އަމިއްލަ ފަރާތްތަކުގެ ތެރޭގައި ބައްސާމްވެސް ހިމެނިވަޑައިގަންނަވައެވެ.
އެގޮތުން ބައްސާމް އަދީލް ޖަލީލަށްވެސް އެސްއޯއެފްގެ ޑޮލަރ އެކައުންޓުން 30،000 ޑޮލަރ ލިބުނުކަމަށް ތަހުގީގު ރިޕޯޓްގައިވަނީ ބުނެފައެވެ.
މި ފައިސާ ބައްސާމަށް ލިބިލައްވާފައިވަނީ ކީއްވެތޯ އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް