ހުޅުމާލޭގައި އަންހެނަކަށް ކުއްޖަކަށް ތޫނުއެއްޗަކުން ހަމަލާދީފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭ ފޭސް އެކެއްގައި ޒުވާން އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ހަމަލާދީފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އަންހެނަކަށް ކަމަށެވެ. އުމުރުން 21 އަހަރުގެ އެ ޒުވާނާއަށް ހަމަލާދިނީ ފިހާރައަށް ފޭރެން ވަތް މީހެއްކަމަށް މައުލޫމާތު ލިބެއެވެ. އެމީހާ ހަމަލާދީފައިވަނީ އެ ކުއްޖާގެ ކަރަށެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓެއް މިއަދުގެ މެންދުރު 12:45 ހާއިރު ލިބިފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް