ދެ ޑިންގީ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ވެމްކޯ ޖެޓީ އާ ދިމާލުން ދެ ޑިންގީ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ދާދި ދެންމެ އަކު ބުނީ، މި ހާދިސާ ހިނގާފައި ވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށާ ޑިންގީގެ ތެރެއިން މޫދަށް މީހަކު ވެއްޓި ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
ނަމަވެސް، ފަހުން ބުނެފައިވަނީ، މޫދަށް މީހަކު ނުވެއްޓެ ކަމަށާ، ވެއްޓުނީ ޑިންގީގައި ހުރި ތަކެތި ކަމަށެވެ. އަދި އެ ތަކެތި މިހާރު ނަގާފައިވާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ހާދިސާގައި މީހަކަށް އަނިޔާވިކަން އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް