ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ
މި މަހުގެ 17 އިން 30 އަށް އޮންނަ އދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަގުރީރުކުރެއްވުމަށް ނިންމަވައިފިއެވެ.
މިކަން ސަރުކާރުގެ އޮފިޝަލަކު ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
ނިޔުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ކުރިއަށްދާ މި ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސަކު މި ތަގުރީރުކުރައްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހުގައި ކަން ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުއްވާލައްވައި، ގައުމުގެ ތަރައްގީއާއި އިންސާނީ ހައްގުތަކަށްޓަކައި މި ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކުގެ ވާހަކަފުޅު ދައްކަވާނެއެވެ.
އަދި ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް