އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އޯގަސްޓް 15ގެ ކުރީން ބާއްވަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އެއް ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ ކުރިއަށް އޮތް އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރީން އާދަޔާހިލާފު ކޮންގްރެސް ބޭއްވުމަށެވެ. އެގޮތަށް 71 މެންބަރުން ވޯޓް ދީފައިވެ އެވެ.
އެހެން ކަމުން ކޮންގްރެސްގެ އިންތިޒާމުތައް ހަމަޖައްސަން ވަނީ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެ ކޮމެޓީ އަށް މެންބަރުން ވެސް ވަނީ ނަގާފަ އެވެ. އަދި ކޮމެޓީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވެސް ކަނޑައަޅާފައިވެ އެވެ.

އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އެއް ބާއްވަން މި ނިންމީ ކޮންގްރެސްއެއް ބާއްވާ މުހިންމު ނިންމުންތަކެއް ނިންމަން ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދު ކުރާ މެންބަރުން މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.
އަދި އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅެން ވާހަކަ ދެކެމުންދާ ދަނޑިވަޅެއްގަ އެވެ. ކުރީގެ ރައީސް ނަޝީދު ވަނީ ދެ ޕާޓީ ގުޅުން ފެންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ދެ ޕާޓީގެ މެންބަރުންގެ މެދުގައި ވެސް ދެކަފި ހިޔާލުތަކެއް އެބަ ހުއްޓެވެ.

އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް 2018 ވަނަ އަހަރުވެސް ބޭއްވި އެވެ. އެ އަހަރު އުކުޅަހުގައި އޮތް އެ ކޮންގްރެސްއާ ގުޅޭގޮތުން ވެސް ފަހުން ތަފާތު ވާހަކަތައް ދެކެވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް