މަގު ހުރަސްކުރަނިކޮށް ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.
މާލެ، ބޮޑުތަކުރުފާނު މަގުގެ ރައީސް ޔާމީންގެ ގެކޮޅު ކުރިމަތީ ހިނގި މި އެކްސިޑެންޓް ހިނގީ ކާރަކުން، ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެވެ.
އެނގިފައިވާ ގޮތުގައި އަންހެން މީހާގެ ގައިގައި ޖެހުނީ ކަފިހި ހުރަހުން ހުރަސްކުރަނިކޮށެވެ. ކާރުން ޖެހި އަންހެން މީހާ ވެއްޓި އަނިޔާވި އެވެ. މަންޒަރު ދުށް މީހަކު ބުނީ އަންހެން މީހާގެ މާބޮޑު ހަރަކާތެއް ނެތް ކަމަށެވެ. އަދި ބޯފަޅައިގެން ގޮސް އެކިވަރުގެ އަނިޔާވި ކަމަށް ބެލެވޭ ކަމަށެވެ.
އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް