ކުރިއަށް އޮތް ސީޒަނުގައިވެސް ފެނިގެންދާނީ ބާސާއިން: އުމްޓިޓީ
ކުރިއަށް އޮތް ސީޒަނުގައިވެސް ފެންނާނީ ބާސެލޯނާއިން ކަމުގައި އެޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓިޓީ ބުނެފިއެވެ.
ނިމިގެން ދިޔަ ސީޒަނުގައި ބާސެލޯނާއަށް އެންމެ 15 މެޗް ކުޅުމުގެ ފުރުސަތު ލިބުނު އުމްޓިޓީ ކުރިއަށް އޮތް ސީޒަނުގައި އެހެން ޓީމަކަށް ބަދަލުވާނެ ކަމުގެ އަޑުތައް މީޑިއާގައި ވަނީ މީގެ ކުރިން ފެތުރިފައެވެ.
ޔޫރޯ ކޮލިފައިންގައި ތުރުކީ އަތުން 2-0 ކުން ފްރާންސް ބަލިވި މެޗަށް ފަހު މީޑިއާތަކައި ވާހަކަ ދައްކަމުން އޭނާ ބުނީ ބާސެލޯނާއައި އޭނާ އައި ދެމެދު އެއްބަސްވުމެއް އެބޮތް ކަމަށައި އޭނާ ބާސެލޯނާގައި ހުރީ އުފަލުން ކަމަށެވެ.
ފާއިތުވެގެން ދިޔަ ސީޒަނުގައި އެންމެ ރަނގަޅަށް ކަންތައްތައް ގޮސްފައިނުވާ ކަމަށާއި އޭގެ މާނައަކީ އެހެން ކްލަބެއްގައި ކުޅެން ފުރުސަތު ހޯދަންވީ ނޫން ކަމުގައެވެ.
25 އަހަރުގެ އުމްޓިޓީ ބާސެލޯނާއައި ގުޅުނީ މީގެ ތިން އަހަރު ކުރިން ލިޔޯން އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް