މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވައިފި
ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާތައް ފަދަ ތަކެތި ހިމެނުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ފޮނުވައިފިއެވެ.
މި ބަޖެޓް މިއަދު ފޮނުވިއިރު، ބަޖެޓްގެ ތަފްސީލާއި އަދަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައެއް ނުވެއެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވާތީ އެކަންކަމަށް ބަޖެޓުން ޖާގަ ހޯދުމަށްކަމަށް ވެއެވެ.
މި ސަޕްލިމެންޓްރީ ބަޖެޓްގެ އެހީގައި މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ހުރިހާ ޕްރޮގްރާމެއް އެންމެ ފުރިހަމަ އަށް ހިމެނޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިއަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ، 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމެންޓްރީ ބަޖެޓެއް ހުށައަޅަނީ އެ ބަޖެޓް ހުސްވެގެން ނޫންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް