ރާއްޖެއާއި ޗައިނާގެ ގުޅުންދާނީ ވަރުގަދަވަމުން، ދެގައުމަށްވެސް ފައިދާ ލިބިގެންދާނެ: ރައީސް ޑރ.މުޢިއްޒު
ރާއްޖެ އާއި ޗައިނާގެ ގުޅުންދާނީ ވަރުގަދަ ވަމުންކަމަށާއި، އެކަމުގެ ފައިދާ ދެގައުމުގެ ރައްޔިތުންނަށް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށާއި އެގައުމުގެ ސަރުކާރަށް ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ޗައިނާ އާއި އެކު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަކީ ރާއްޖެ އަށް ވަރަށް އަގުހުރި ގުޅުމެއް ކަމަށެވެ.
ރާއްޖެއިން ވަން ޗައިނާ ސިޔާސަތު ގަބޫލުކުރާކަމަށާއި، އެކަން ބަދަލުނުވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ގުޅުންދާނީ މިހާރަށްވުރެ ބަދަހިވަމުން ކަމަށާއި، އެކަމުގެ ފައިދާ ދެގައުމުގެ ރައްޔިތުންނަށް ވެސް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް