ނިޔާވި މީހުންގެ ޖަނާޒާތައް ހަނިމާދޫގައި ބާއްވަނީ
ހދ.ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލި ހާދިސާގައި ނިޔާވި މީހުންގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ފަރާތްތަކުގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުމަށް ނިންމާފައިވަނީ އެފަރާތްތަކުގެ ހަށިގަނޑު ވަޅުލުމަށް އަނބުރާ ނޮޅިވަރަމްފަރަށް ގެންދެވޭ ވަަރަށްވުރެ މޫސުން ގޯސްވުމުންކަމަށްވެއެވެ.
ނިޔާވި ފަރާތްތަކުގެ އާއިލާގެ ބައެއް ފަރާތްތަކުން މިވަގުތުވެސް ތިބީ ހަނިމާދޫގައި ކަމަށް ބައެއް މީޑިޔާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. އަދި މި ޖަނާޒާގައި ބައިވެރިވުމަށް ނޮޅިވަރަމްފަރުގެ ބައެއް މީހުން ހަނިމާދޫއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވެއެވެ.
މި ހާދިސާގައި މިހާތަނަށް ފަސް މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން ހަތަރު ފަރާތަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް