ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގުޅީފަޅު ކައިރީ ދެ ލޯންޗެއް ޖެހި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިރޭ 19:34 ހާއިރު ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ލޯންޗުޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހުން މިހާރު ވަނީ މާލެ ގެނެސްފައެވެ. އަނިޔާވި މީހުން އެމްބިއުލާންސުގައި ފަރުވާދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް