ހާލުގައި ޖެހުނު ލަންކާގެ އުޅަނދުތަކަކަށް އެހީވެއްޖެ
ހާލުގައި ޖެހިގެން އެހީއަށް އެދުނު ސްރީލަންކާގެ މަސްބޯޓުތަކަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން އެހީވެއްޖެއެވެ.
އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ އަށެއްބައި ޑިގްރީ ޗެނަލުން ދަތުރުކުރަމުންދިޔަ ސްރީލަންކާގެ ހަތް މަސްބޯޓުން މޫސުން ކުއްލިގޮތަކަށް ގޯސްވުމުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ވައިނުޖެހޭ ފަރާތުން ދަތުރުކުރުމުގެ ހުއްދައަށް އެދުނު ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކަށް ކޯސްޓްގާޑުން އެހީވަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އަދި ހާލުގައި ޖެހޭ އުޅަނދުތަކަށް އެހީވުމަކީ ބައިނަލްއަގްވާމީ ޒިންމާއެއްކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް