ނުވަ ރަށަކުން ގޯތި ދޫކުރުމަށް ކައުންސިލްތަކާއި ހަވާލުކޮށްފި
ނުވަ ރަށަކުން ގޯތި ދޫކުރުމަށް ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީ އިން ގޯތި ދޫކުރުމަށް ކައުންސިލްތަކާއި ހަވާލުކޮށްފައި މިވަނީ ގޯތި ދޫކުރުމަށް ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކުރި އިއުލާން ބާތިލްކުރުމަށްފަހުގައެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އައްޑު ސިޓީ، ހދ. ކުޅުދުއްފުށި، ދ. މީދޫ، ކ. މާފުށި، ލ. ގަން، ގދ. ތިނަދޫ. ކ. ތުލުސްދޫ، އަދި އެއަތޮޅު ހިންމަފުށީގެ އިތުރުން ހދ. ހަނިމާދޫއިން ގޯތި ދޫކުރުމަށް މީގެ ކުރިން ކޮށްފައިވާ އިއުލާން ބާތިލްކޮށް، އެމަސައްކަތް ރަށު ކައުންސިލްތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އެމަސައްކަތަކީ ރަށްރަށުގެ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތަކަށް ވުމާއިއެކު ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތް ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލުން ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް