ޑރ.ފަވާޒު މަގާމުން ވަކިކޮށް އެމްއެންޔޫއަށް އާ ވައިސް ޗާންސެލަރެއް!
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުގެ މަގާމުގައި ހުންނެވި ޑރ. އަލީ ފަވާޒް ޝަރީފް މަގާމުން ވަކިކުރުމަށް ނިންމައިފިއެވެ.
ޑރ.ފަވާޒް އެމަގާމުން ވަކިކުުރުމަށް ނިންމާފައިވަނީ ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގައި ވާގޮތުގައި އެމްއެންޔޫ އަދި އައިޔޫއެމްއަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ފަރާތްތަކެއް ޗާންސެލަރ އަދި ވައިސް ޗާންސެލަރކަމަށް އައްޔަންކުރުމުގެ ބާރު ލިބިގެންވެއެވެ.
މި އިސްލާހުގެ ދަށުން ޑެޕިއުޓީ ވައިސް ޗާންސެލަރަކު އައްޔަންކުުރުމަށް ހަމަޖެހިފައިވަނީ ޔުނިިވަރސިޓީގެ ކައުންސިލުންކަން ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި ހުސްވެފައިވާ އެމްއެންޔޫގެ ވައިސް ޗާންސެލަރކަމުގެ މަގާމަށް މިއަދު ފަރާތެއް ހަަމަޖައްސާނެއެވެ.
ޑރ.ފަވާޒަކީ އެމްއެންޔޫގައި ގިނަ މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވި ފަރާތެކެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް