ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ނިންމާ ކަންކަން ބާތިލްވާނެ: ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކާއި ޚިލާފަށް ނިންމާާ ކަންކަން ބާތިލްވާނެކަމަށް އެ ކޯޓުން ބުނެފިއެވެ.
އެ ކޯޓުން މިހެން ބުނެފައިވަނީ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން އަކީ ރަނގަޅު ނިންމުމެއްކަމަށް މަޖިލީހުން ނިންމަން ތައްޔާާރުވަމުން ދަނިކޮށެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި އެންމެ ފަހުގެ ނިންމާނީ އެކޯޓުން ކަމަށެވެ.
އަދި ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަމާއެދު އަދި ޝަރުއްއިއްޔަތާއި މެދު ގޮތް ކަނޑައެޅުމުގެ ބާރު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިފައިނުވާ ކަމަށް ވަނީ ފާާހަގަކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީއަކުން ނުވަތަ ދައުލަތުގެ ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުންވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި މިކަން ޖުޑިޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް