ފުލުހުންގެ ކޮމިޝަނަރުކަމަށް ހަމީދު އައްޔަންކޮށްފި
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މުހައްމަދު ހަމީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ކޮމިޝަނަރ ކަމުގެ މަޤާމަށް މިއަދު ހަމީދު އައްޔަންކޮށްފައިވާއިރު މިހާތަނަށް އެބޭފުޅާ ހުންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރ ގެ މަޤާމުގައެވެ.
މުހައްމަދު ހަމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސްގެ އިސް ވެރިޔާއެވެ. އެމަނިކުފާނުގެ ވެރިކަމަށް ފަހު އައި ރައީސް ވަހީދުގެ ވެރިކަމުގައި "ސިއްރު ލިޔުންތަކެއް ލީކުކުރި" ކަމަށް ބުނެ ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.
ހަމީދު ވަޒީފާއިން ވަކިކުރި މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓާއި ހައިކޯޓުން ވެސް ނިންމާފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށާއި އެހެންވެ އޭނާ އަށް އެ ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަމީދާއި އެއްކޮޅަށް މައްސަލަ ނިންމާފައެވެ. އެ ހުކުމާއި އެކު ފުލުހުންގެ އިދާރާއިން ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަމީދު އައްޔަންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް