ދިވެހި ޤައުމަށްޓަކައި، ފުލުހުން ދެއްވާ ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރަން: ރައީސް ޑރ.މުޢިއްޒު
ދިވެހި ޤައުމަށްޓަކައި، ފުލުހުން ދެއްވާ ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރު އަދާކުރައްވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1933 ވަނަ އަހަރުއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސްފައިވާ ޚިދުމަތުން ފުލުހުންގެ ޚިދުމަތް ވަކިވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްވެގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް